ޚަބަރުސިޔާސީ

މެންބަރު ވައްޑޭ އޭޖީ އޮފީހުގެ ތަރުޖަމާނަށް: ވަޒީފާއަކާ، އަމިއްލަ ނޫހަށް ސްޕޮންސަރުކޮޅެއް ލިބުމަކީ އަޅެއްގެ ލެވެލަށް ވެއްޓެންޖެހޭވަރުގެ ކަމެއްތޯ؟

ވަޒީފާއަކާ، އަމިއްލަ ނޫހަށް ސްޕޮންސަރުކޮޅެއް ލިބުމަކީ އަޅެއްގެ ލެވެލަށް ވެއްޓެންޖެހޭވަރުގެ ކަމެއްތޯ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެޓާނީ ޖެނެރަލް އޮފީހުގެ ތަރުޖަމާނު ހުސެއިން ހަސަން އާއި ސުވާލު ކުރައްވައިފިއެވެ.

މެންބަރު ވައްޑޭ ހުސެއިން އާއި މިފަދަ ސުވާލެއް ކުރިމަތި ކުރުވީ ރާއްޖޭގެ ބައެއް ދޫކޮށްލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޓީފުޅެއް ނުފޮނުއްވާކަމަށް ވިދާޅުވެ، ހުސެއިން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައްދު ދެއްވުމާ ގުޅިގެންނެވެ.

ވައްޑޭ ވިދާޅުވިގޮތުގައި ގައުމުން ބައެއް ދޫކޮށްލި ކަމަށްވަނީ ”ދޫކޮށްލައިފީމޭ“ ބުނުމަކުން އެކަނި ނޫން ކަމުގައެވެ. އަދި ”އެއީ އެހެންބައެއްގެ އެއްޗެކޭ“ ބުނުމަކީވެސް ދޫކޮށްލުންކަން ވައްޑޭ ފާހަގަކުރެއްވިއެވެ.

”ވަޒީފާއަކާ، އަމިއްލަ ނޫހަށް އެސްއޯއީތަކުގެ ސްޕޮންސަރުކޮޅެއް ލިބިލެއްވުމަކީ ”މުކާތަބް އަޅެއް“ ލެވެލަށް ވެއްޓިލައްވަންޖެހޭ ވަރު ކަމަކީތޯ؟“ ވައްޑޭ ހުސެއިން އާއި ސުވާލު ކުރެއްވިއެވެ.

ހުސެއިން އަކީ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ރާއްޖެ ޓީވީގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު އޭޖީ އޮފީހުގެ ޑިރެކްޓަރުގެ މަގާމަށް ސިޔާސީގޮތުން ރައީސް ސޯލިހު އައްޔަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އަމިއްލަ ނޫހެއް ހިންގަމުން އަދި އެނޫހަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސްޕޮންސަރ ވެސް ހޯދާ ބޭފުޅެކެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައި ކުރުމާ ގުޅޭ މައްސަލަ މިހާ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެ މަލާމާތް ކުރައްވަމުންނެވެ.

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއްކަމަށް ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ، އެ އެއްބަސް ވެވެނީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފައެވެ.

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.

މި މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ އުފެދުނީ 2010 ވަނަ އަހަރު ރާއްޖެއިން، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އައު ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ސަރުކާރުން އދ.އަށް ހުށަހެޅުމުގެ ސަބަބުންނެވެ. އަދި މޮރިޝަސްއިން ރާއްޖޭގެ ހުށަހެޅުމަށް ދެކޮޅު ހެދިއެވެ. މޮރިޝަސްއިން ނިންމީ އެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން އެއްވާ ބައި ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އައިޓީއެލްއޯއެސް) އަށް ހުށަހެޅީއެވެ. އަދި އެގޮތަށް ހުށަހެޅިއިރު، އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް ބެލި ސަރަހައްދުގެ ބަދަލުގައި އެހެން ހިސާބެއް ކަނޑައެޅީއެވެ.

މޮރިޝަސްއިން އެ ބަދަލު ގެނައުމުން، ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވާ ސަރަހައްދު އިތުރަށް ބޮޑުވެ 96،000 އަކަ ކިލޯމީޓަރަށް ބަދަލުވިއެވެ. އަދި މިހާރު އައިޓީއެލްއޯއެސްގައި ފެށިގެން ކުރިއަށްދަނީ މި މައްސަލައިގެ އަޑުއެހުންތަކެވެ. ރާއްޖެއިން ވަކާލާތު ކުރަމުން ދަނީ ރާއްޖޭގެ ބޭސްލައިން ނުވަތަ އިން ފެށޭ ހިސާބުން 200 ނޯޓިކަލް މޭލު ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ހިމެނުމަށެވެ. އެކަަމަކު ޗާގޮސްއިން ބޭނުންވަނީ އެ ގައުމުން ހުށަހަޅާ ބޭސްލައިނުން ފެށިގެން ދެ ގައުމުގެ ސަރަހައްދުން އެއްވާ ބައި އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރާށެވެ. އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރުމަކީ ދެ ގައުމެއްގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން އެއްވާ ބައި، ހަމަހަމައަށް ބައިކުރުމަށް ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައި ކަނޑައަޅާފައިވާ އޮންނަ އުސޫލެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އަދި އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. ނަމަވެސް އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލުނުކުރެއެވެ.

ޗާގޯސްއަކީ ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށުގެ މައްޗަށް އެކުލެވިފައިވާ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފްރާންސުން އެ ސަރަހައްދާއި، މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button