
ގައުމާއި ދީނުގެ ހައްގުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ވަކި ވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސީމް އިބްރާހީމަށް އިލްތިމާސް ކުރައްވައިފިއެވެ.
ޓޮމް މިފަދައިން ވިދާޅުވީ ޗާގޮސް އާކިޕެލަގޯގައި ހިމެނޭ ފޯޅަވައްސަށް މޮރިޝަސްގެ ބާރު އޮތް ކަމަށް ސަރުކާރުން ނިންމުމާ ގުޅިގެން ސިޔާސީ ގޮތުން މިސަރުކާރުގެ ބޮޑުބޭބެ ކަމަށް ގިނަ ބަޔަކު ބުނާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެދުމަށް ގައުމުން ބައެއް ދޫކޮށްނުލާކަން ސާބިތުވާން ދިވެހިން ބޭނުން ނުވާކަމަށް ގާސިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެން އެމަނިކުފާނުގެ ނިންމެވުމަށް ތާއީދު ކުރައްވައެވެ.
ގާސިމްގެ އެ ނިންމެވުމާ ގުޅިގެން ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސް މައްސަލައިގައި ގާސިމް އިބްރާހިމް ފާޅުކުރެއްވި ހިޔާލަށް ޝުކުރު އަދާ ކުރައްވާ ކަމުގައެވެ. ނަމަވެސް އެހިސާބުން ނިންމާ ލެވެން ނެތް ކަމަށާއި، ގައުމާއި ދީނުގެ ހައްގުގައި ކޯލިޝަނުން ރަސްމީކޮށް ވަކިވާާން ޖެހޭކަމަށެވެ. އެކަން ނުވާނަމަ ގާސިމް ދައްކަވާ އެއްވެސް ވާަހަކަފުޅެއްއްގައި ”އުރަތްޕެއް“ ނެތް ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
ޖުމްހޫރީޕާޓީގެ ލީޑަރަށް،
ޗާގޯސްގެ މައްސަލައިގައި މަނިކުފާނުގެ ތިފާޅުކުރެއްވި ޚިޔާލަށް ޝުކުރެވެ. ތިވަރުން އަދި ނުނިމެއެވެ. ޤައުމާއި ދީނުގެ ހައްޤުގައި ތިޔަކިޔާ ކޯލިޝަނުން ރަސްމީކޮށް ވަކިވާށެވެ. އެހެންނޫނީ، ތި ދައްކަވާ ވާހަކައިގެ އުރަތްޕެއްނެތެވެ.
ސަލާމް
ޓޮމް @qasimibrahim pic.twitter.com/VLOyHjE0SL— Ahmed Thariq (@AhmedThaariq) October 23, 2022
ގާސިމް އިބްރާހިމް ވަނީ ރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ”އީކުއިޑިސްޓޭންސް“ ގެ އުސޫލުކަމަށްދެކި އެގޮތަށް ދޫކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމުގައިވެސް ވިދާޅުވެފައެވެ.