ޚަބަރުސިޔާސީ

ބޮޑުބޭބެގެ އެދުމަށް ގައުމުން ބައެއް ވިއްކާނުލާކަން ސާބިތުވާން ޖެހޭ: ގާސިމް

ބޮޑުބޭބެގެ އެދުމަށް ގައުމުން ބައެއް ވިއްކާނުލާކަން ސާބިތުވާން ޖެހޭ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބިމާއި ޖައްވާއި އަދި ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލެން ގައުމީ ލޭ ހުރި އެއްވެސް ދަރިއަކު ނޭދޭނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިއަސް ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބެން ޖެހޭ އެއްވެސް ހައްގެއް އަދި ނެގެން އޮތް ފައިދާއެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެކަމެއް ނޫން ކަމަށާއި ދިވެހިރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ”އީކުއިޑިސްޓޭންސް“ ގެ އުސޫލު ކަމަށް ދެކި، އެގޮތަށް ދޫކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމުގައިވެސް ބުނެފައިވެއެވެ.

ސަބަބަކީ އިން ހުށަހަޅަން ވަކިކުރެވިފައިވަނީ ޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާމީހުން ދިރިއުޅޭ ދިވެހިރާއްޖެއާއި، މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނަކާ ދެމެދު އޮތް ސަރަހައްދަކަށް ވާތީ ކަމަށާއި، އ.ދ. ގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ދައުވާކުރެވޭނެކަމުގައި ވާތީކަމަށް  ގާސިމް ވިދާޅުވެފައިވެއެވެ.

ދިވެހިން އެދެނީ ދިވެހި ސަރުކާރުން އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް ވަރަށް އިހްލާސްތެރިކަމާއެކު ކުރާތަން ފެނިގެން ދިއުމަށް ކަމަށާއި އެކަމުގައި ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން ބޭނުން ވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ”ބޮޑުބޭބެ“ގެ އެދުމަށް ދޫކޮށް ނުލާކަމަށް ސާބިތުވާން ޖެހޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button