ކަރްނާޓަކާގައި ބީޖޭޕީގެ މިނިސްޓަރު ވީ ސޮމަންނާ އޭނާގެ ޝަކުވާތައް ކިޔައިދޭން އައި އަންހެނެއްގެ ގައިގައި ޖަހައިފިއެވެ.
ބީޖޭޕީގެ އެމްއެލްއޭ އަދި ސްޓޭޓް މިނިސްޓަރު ވީ ސޮމަންނާ އިއްޔެ މެންދުރު ފަހު 2:30 ގައި އިގްތިސާދީ ގޮތުން ނިކަމެތިންނަށް ބޯހިޔާވަހިކަމުގެ ކަރުދާސް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މިނިސްޓަރު އެތަނަށް ވަޑައިގެންނެވީ ހަވީރު 6:30 ހާއިރު އެވެ. އެވަގުތު ކަރުދާސްތައް ނަގަން އުޅެ ނުލިބުމުން އަންހެނަކު މިނިސްޓަރުގެ ގާތަށް ގޮސް އެދުމުން ވަރަށް ބާރަށް މޫނުމަތީގައި އަތުން ޖެހިއެވެ. މާރާމާރީ ހިންގި ނަމަވެސް އެ އަންހެން މީހާ ވަނީ މިނިސްޓަރުގެ ފައިގައި އަތްލައި ދުއާ އަށް އެދިފައެވެ.
ކަރްނާޓަކާގެ ޗަމަރާޖަންޖާގެ ގުންޑްލޫޕެޓްގައި މިނިސްޓަރުގެ އެހީ ހޯދަން އައި އަންހެނެއްގެ ގައިގައި ތަޅައިގަތުމުން އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ބޭފުޅުން ބީޖޭޕީގެ މިނިސްޓަރު ވީ ސޮމަންސާ އަށް ފާޑުވިދާޅުވެ އިސްތިއުފާއަށް ގޮވާފައިވެއެވެ.