ޚަބަރު
ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ނަމުގައި ސްކޭމް ކުރާކަމަށް ފުލުހުން ވިދާޅުވެއްޖެ!

ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ނަމުގައި ސްކޭމް ކުރާކަމަށް ފުލުހުންގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ފޭސްބުކްގައި ޖަހާފައިވާ ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 3ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓްތަކަށް އޮންލައިންކޮށް އެދުމަށާއި، ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް ބޭނުންނަމަ، ނަމާއި، އެޑްރެސް، އައިޑީކާޑު ނަންބަރު، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު މެސެޖު ކުރުމަށާ އަދި ރަޖިސްޓަރކުރުމަށްފަހު ލިބިފައިވާ ތަރުތީބު ނަމްބަރު 969 ގެ ނަމްބަރަކުން މެސެޖު ކުރާނެ ކަމަށްބުނެ، މަކަރާއި ހީލަތުގެ މެސެޖުތަކެއް ފޮނުވަމުންދާ ކަމުގައެވެ.
މިކަމަށް އާންމު ރައްޔިތުން ސަމާލުވެ ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.