ޚަބަރު
ކާފިއުގެ ވަގުތު ކުޑަކޮށް ބޮޑެތި ލުއިތަކެއް ދެނީ!

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު ކުޑަކޮށް ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވަފައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
ޖުލައި 1 އިން ފެށިގެން ސަރުކާރުން ދޭން ނިންމާފައިވާ ލުއިތައް
- ކާފިއު އޮންނާނީ ރޭގަނޑު 8 އިން ފަތިހު 4 އަށް
- މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރުން
- ކާފިއު ނޫން ގަޑިތަކުގައި ފާހާއި ނުލާ ބޭރަށް ދެވޭނެ
- ކާފިއު ނޫން ގަޑިތަކުގައި ކެފޭ އަދި ރެސްޓޯރެންޓް ތަކުން ހިދުމަތް ދެވޭނެ
- ކޮވިޑް-19 ޖެހި ރަނގަޅުވާތާ 60 ދުވަސް ހަމަނުވާ މީހުންނަށް އެއް ރަށުން އަނެއް ރަށަށް ދެވޭނެ
- ދިވެހި ވޯކް ޕާމިޓް އޮންނަ ސައުތު އޭޝިއާގެ ގައުމުތަކުގެ މީހުންނަށް ކަރަންޓީނު އުސޫލުން ރާއްޖެއަށް އާދެވޭނެ
- ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ޖުލައި 15 އިން ފެށިގެން ކަރަންޓީނު އުސޫލުން ރާއްޖެއަށް އާދެވޭނެ
ރައީސް ވިދާޅުވިގޮތުގައި ކޯވިޑުގެ ހާލަތު ރަނގަޅުވަމުންދާ ވަރަކަށް ދެވެން ހުރި ލުއިތައް ސަރުކާރުން ދެމުން ގެންދާނެއެވެ. އަދި މި ހާލަތުން އަރައިގަތުމަށް އެޅިފައިވާ ފިޔަވަޅުތަކަށް އެންމެންވެސް އަމަލު ކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.