ޚަބަރު

މާލޭ ސިޓީ މޭޔަރުގެ ވައިބާ ކޮމިއުނިޓީ ވެރިފައިވެއްޖެ

މާލޭ ސިޓީ މޭޔަރ ޑރ.މުހައްމަދު މުއިއްޒުގެ ވައިބާ ކޮމިއުނިޓީ ވެރިފައި ވެއްޖެއެވެ.

މި ކޮމިއުނިޓީ އަކީ މާލޭ ރައްޔިތުންގެ ކަންބޮޑުވުނަތައް މޭޔަރ މުއިއްޒު އާއި ހިއްސާ ކުރުމަށްޓަކައި އުފައްދާފައިވާ ކޮމިއުނިޓީ އެކެވެ. މި ކޮމިއުނިޓީގައި މުއިއްޒު އިންނަވާނެއެވެ. މި ކޮމިއުނިޓީގައި މާލޭގެ ރައްޔިތުން ދަނީ އެބޭފުޅުންގެ ހުރި ނުތަނަވަސްކަން މޭޔަރާއި ހިއްސާ ކުރަމުންނެވެ. އަދި މޭޔާރ މުއިއްޒު އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތަށް ގާތުން ކަނުލައި އަޑު އަހަމުންނެވެ.

މި ކޮމިއުނިޓީ ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ވިދާޅުވީ

”މި ކޮމިއުނިޓީގައި ވަރަށް ގިނަ ރައްޔިތުން އެ ބޭފުޅުންގެ ކަންބޮޑުވުންތަށް ހިއްސާ ކުރޭ. ހައްލު ކޮށްދޭންވީ ކަންކަން ވެސ މޭޔަރަށް ކިޔައިދޭ. ބައެއް ބޭފުޅުން ހަމަ ފޮޓޯ ފޮނުވާފަ އެބަ ބުނޭ މިކަންކަން ރަނގަޅު ކޮށްލަދޭށޭ. މޭޔަރު ވަރަށް އިސްކަން ދޭ އެކަންކަން ހައްލު ކުރަން. އަދި ރައްޔިތުންނަށް ސީދާ މޭޔަރާއި ވާހަކަ ދައްކައިލެވޭނެ.“

އޭނާ އިތުރަށް ވިދާޅުވީ މި ކޮމިއުނިޓީގެ ހަމައެކަނި ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެހުން ނޫންކަމަށެވެ. މާލެ ސިޓީ ގެ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ ވެސް މި ކޮމިއުނިޓީގެ އެންމެ ބޮޑު އެއް ބޭނުން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ކޮމިއުނިޓީގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ކުރީގައި މޭޔަރާއި ބައްދަލު ކުރަން ކިއުގައި ހުންނަން ޖެހުނަސް، މިހާރު މަޑުކުރަން ނުޖެހޭކަން މާލޭގެ ގިނަ ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.

މޭޔަރ ކަމުގެ ހުވާ ކުރީއްސުރެ މުއިއްޒު އަންނަނީ ވަރުބަލި ކަމެއްނެތި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވަމުންނެވެ. މިކަން އެމަނިކުފާނާއި ސިޔާސީ ގޮތުން ވާދަވެރި ބޭފުޅުންވެސް އަންނަނީ ފާހަގަ ކުރައްވަމުންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button