ޚަބަރުސިޔާސީ

އަޖުވަދުވެސް ފޯމު ލައިފި، ނިކުންނަނީ މާފަންނު އުތުރަށް!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މާފަންނު އުތުރަށް ވާދަކުރައްވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަޙްމަދު އަޖުވަދުގެ ކެންޑިޑޭސީ ފޯމު ޕީއެންސީ އޮފީހަށް ހުށަހަޅުއްވައިފިއެވެ.

ދާއިރާގެ ގިނަ ބަޔަކާއެކު ރޭ ޕީއެންސީއޮފީހަށް ގޮސް އަޖުވަދު ވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ގެ އަތްޕުޅަށް ފޯމު އަރުވާފައެވެ.

”މިއީ ދާއިރާގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރަން ނިންމި ނިންމުމެއް.“ އަޖުވަދު ވިދާޅުވިއެވެ.

އަޖުވަދަކީ ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި އޮތްއިރު، މަގުމަތީ ހަރަކާތް ތަކުގައި ބައިވެރިވި، ރައްޔިތުންގެ ދިފާއުގައި އަޑު އުފުލައި، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައިވެސް ބައިވެރިވެ ވެފައިވާ ބޭފުޅެކެވެ. އަދި ފިނޭންސް މިނިސްޓްރީގައި ޓެކްނިކަލް ކޯޑިނޭޓަރަކަށް ހުރި އިރުވެސް، ޕީޕީއެމްގެ ހުރިހާކަމެއްގައި ބައިވެރިވެ، ޕާޓީގެ ލީޑާޝިޕަށް ފުރިހަމައަށް އެއްބާރުލުން ދިން ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button