ޚަބަރު
އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރުން އަނެއްކާވެސް ފަސްކޮށްފި

މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެފައި ވުމުން އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސި މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު ސަރުކާރުން އިތުރުކުރީ 3 ޖުލައިގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުންނަށް ދެވޭނެއެވެ.