ރިޕޯޓް

ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ޖޫރިމަނާ ނެގުން ނޫންގޮތެއް ނެތް!

ރައީސް އިބްރާހީމް މުހައްމަދު ސާލިހު 2018 ވަނަ އަހަރު  ވެރިކަމަށް ވަޑައިގަތުމަށް އިންތިހާބުގައި ވައުދުވެ ވަޑައިގެންފައިވަނީ ޖޫރިމަނާކޮށްގެން އާމްދަނީ ނުހޯދުމާއި އަދި ޕާކުކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާ ފައިސާ ނުނަންގަވާނެ ކަމަށެވެ.

ޖޫރިމަނާގެ ގޮތުގައި 192.3 މިލިއަން ރުފިޔާ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 164.7 މިލިއަން ރުފިޔާއެވެ. މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ ކަމަށްވީއިރު، މިހާތަނަށް އައިއިރު އަންދާޒާ ކުރިވަރަށްވުރެ ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއީ 27.6 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާތުހިސާބުތަކުން ދައްކައެވެ.
މިއަދު ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު މިވަނީ ބޮލާލާ ޖައްސަވާފައެވެ. އާންމު ރައްޔިތުންގެ އަތުން ޖޫރިމަނާ ނެގުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ފުއްދުންކަހަލަ ކަމެކެވެ. އެންމެ ބާރުބޮޑު މާލޭގެ މަގުތަކުގައި، މިނީ ބަސްތައް ދުއްވަން ފެށި ހިސާބުން މިކަންތައް އަދި ވަކިން ބޮޑަށް ހިލިއްޖެއެވެ. ފިހާރައަކަށް އެއްޗެއް ގަންނަން ދާ މީހަކަށް ފަސޭހައިން ޕާކުކޮށްލާނެ ތަނެއް ނެތް އިރު، ވަގުތު ކޮޅަކަށް ސައިކަލް ބަހައްޓާލާފައި ދެން އަންނައިރު ސްޓިކާ ޖެހުން އާންމު ކަމަކަަށް ވެއްޖެއެވެ.

ރައްޔިތުންނަށް އުނދަގޫ ޖެއްސުން ފިޔަވާ އެހެންކަމެއް މިސަރުކާރުން ކުރާތަނެއް ނުފެނެއެވެ. ޖޫރިމަނާގެ ގޮތުގައި އާންމުންގެ އަތުން އެކި ގޮތްގޮތައް ފައިސާ ނަގަމުން ދައުލަތް ހިންގަމުން ދާއިރު، ރިސޯޓުތަކާއި މުއްސަނދި ވިޔަފާރިވެރިން ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ދަނީ މައާފު ކޮށްދެމުންނެވެ. ނިކަމެތި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ގާއިމްކޮށްދިނުމަކީ ވެރިކަމުގައި ހުންނަ ބޭފުޅަކު ކޮށްދޭންޖެހޭ ކަންތައްތަކެވެ.

2 Comments

  1. ތިހާލުގާވެސްވޭތަވެރިކަމުގާހުންނަށް ކުރެވޭމީހަކާގައުމުހަވާލުނުކުރެ ެެއވްޔާއިސްތިއުފާދީބަލަ ރަށްޔިތުންގެދުވަސްނުދަނީސް ގާބިލުކަންނެތްއިރުގައުމެންހިންގަން ހަވާލުވާކަންނުވެސްވާނެނު އެވަރުންވެސްފައުޖުގޮވާގެންގައުމުތަކަން ދދދދދދދދ ިއވުމެންނުހުއްޓައެތްނު

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button