ޚަބަރުސިޔާސީ

އަނެއްކާވެސް އިތުރު ސިޔާސީ މަގާމްތަކެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދެ ބޭފުޅަކު ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އިތުރު ސްޓޭޓް މިނިސްޓަރުންތަކެއް އައްޔަނު ކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އަށާއި ޓްރާންސްޕޯރޓް މިނސްޓްރީ އަށެވެ. އެންވަޔަރަމެންޓް މިނިސްޓްރީއަށް އައްޔަނު ކޮށްފައިވަނީ ހ.ސުނާރު ހަދީޖާ ނަސީމެވެ. އޭނާ އަކީ އެންވަޔަރަމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ހަދީޖާ ނަސީމަކީ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގައި އެކި ފަންތީގެ މަގާމުތަކުގައި ދިގު މުއްދަތަކަށް ތަޖުރިބާ ހޯދައިފައިވާ ބޭފުޅެކެވެ.

ޓްރާންސްޕޯރޓް މިނސްޓްރީއަށް އައްޔަނު ކޮށްފައިވަނީ ގ.ކަނޑުވައިގެ އަހުމަދް އަފްސަލް އިބްރާހީމެވެ. އޭނާ ވަނީ ކޮމްޕިއުޓާރ ސައިންސް ދާއިރާއިން އިން މޮބައިލް ކޮމްޕިއުޓިން ހާސިލުކުރައްވާފައިވެއެވެ. އަދި އަމިއްލަ ކުންފުނިތަކުގައްޔާއި ސަރުކާރުގެ އިދާރާތަކުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. އޭނާ މި މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމުގައެވެ.

މިދެބޭފުޅުންގެ މުސާރައާއި އެހެނިހެން އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 85،000 ރުފިޔާ ދައުލަތުން ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button