ޚަބަރު

ރާއްޖޭގައި އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލައިފި

އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ރާއްޖޭގައި ބޭނުންކުރުން ކުރުން ހުއްޓާލައިފިއެވެ.

އޯޒޯން ފަށަލައަށް ގެއްލުންވާ މާއްދާތައް އުފެއްދުމާއި އިމްޕޯޓުކުރުން ހުއްޓުވަން 1989 ވަނަ އަހަރު 197 ގައުމަކުން ވަނީ އެއްބަސްވެފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ގައުމުތަކުން ނިންމާފައި ވަނީ އެޗްސީއެފްސީ ގޭސް ބޭނުންކުރުން 2030 ވަނަ އަހަރު އަންނަންވާއިރަށް ހުއްޓާލުމަށެވެ.

ރާއްޖެއަކީ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމުކަން ވެސް ފާހަގަކޮށްލެވެއެވެ. އަމާޒު ހިފި ވަރަށް ވުރެ 10 އަހަރު ކުރިން ރާއްޖެއަށް އެ ލަނޑުދަނޑި ހާސިލު ކުރެވިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން މިއަދު ބުނެފައިވެއެވެ.

ރާއްޖޭގެ މިި ކާމިޔާބީ ފާހަގަކުރުމަށް މިނިސްޓްރީން ”އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ“ގެ ނަމުގައި ބޭއްވި އޮންލައިން ހަފުލާގައި ކުރީގެ ”ކާބަން ނިއުޓްރަލް“ ސިޔާސަތު މިހާރު ”ނެޓް ޒީރޯ“ ސިޔާސަތަށް ބަދަލުވެއްޖެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ.

އެޗްސީއެފްސީ ނައްތާލުމަށް ސިޔާސަތު ކަނޑައެޅީ 2010 ވަނަ އަހަރުގައެވެ. އެޗްސީއެފްސީ ނައްތާލުމަކީ 2010 ވަނަ އަހަރު އޭރުގެ ރައީސް، މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން އެޗްސީއެފްސީ ނައްތާލުމަށް 10 އަހަރުގެ މަޝްރޫއެއް ވަނީ ހިންގައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button