ޚަބަރުސިޔާސީ

ރައްޔިތުން ރުހޭގޮތަށް ވެރިކަން ކުރަން ފަސޭހައެއް ނޫން: ރައީސް ނަޝީދު

ޑިމޮކްރަސީ އަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، އެމީހުންގެ އުންމީދު ހާސިލް ކުރުމަށް ވެރިކަން ހިންގުމުގެ ނިޒާާމު ކަމަށާއި، ނަމަވެސް ވެރިކަމަށް އަންނަނީ ރައްޔިތުން ބޭނުންވާގޮތަށް އެދޭ އެދުންތައް ފުއްދައި ދިނުމަށްކަމުގައި ވިޔަސް ރައްޔިތުން ރުހޭގޮތަށް ވެރިކަން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރަސީ ދުވަހާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ، ކުރެހުމާއި މަޒުމޫނު ލިއުމުގެ މުބާރާތުގެ ނަތީޖާ އިއުލާާން ކުރުމަށް މަޖިލިސް އިދާާރާގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމެއް އުފެދިގެން އަންނަނީ ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުންގެ އެދުންތަކާ އެކުގައި ކަމުގައެވެ.

”ރައްޔިތުންގެ އިހްސާސްތައް ހިމެނޭ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް އެކުލަވާލެވޭ ސަރުކާރެއް މެދުވެރިވެގެންކަން އެއީ މިއަދުގެ ގާނޫނު އަސާސީން ލިބިދީފައިވާ ކިތަންމެ ސިފައެއްގެ ތެރެއިން ބައެއް ސިފަ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެފަދަ ވެރިކަމެއްގައި އަބަދުވެސް އަމާޒަކީ، ރައްޔިތުންގެ ރުހުމާއި އެކީގައި ވެރިކަން ހިންގަމުން ދިއުން ކަމަށް ވިދާޅުވުމަށް ފަހު އެއީ ރާއްޖޭގައި އެހާ ފަސޭހަ ކަމެއް ނޫން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  ނުވާކަމަށެވެ.

ޑިމޮކްރަސީއަށްޓަކައި ތެދުވި ކޮންމެ މީހަކަށް ވެސް ލިބުނު ގެއްލުމާއި އަނިޔާއަކީ އެފަދަ ދުވަހެއްގައި ހަނދާން ކުރަން ޖެހޭ ވާހަކަ ކަމަށާއި، ރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ އަކީ މިނިވަންކަމުގެ ރޫހަށް މަސައްކަތް ކުރި ކޮންމެ މީހަކު ފިއްތުމަށް އޮބެހެއްޓުމަށް، ހުއްޓުވުމަށް ކުރަމުން ގެންދިޔަ ނުތާހިރު އަނިޔާތަކެއްކަމަށާއި، ރައްޔިތުންނަށް ބައިވެރިވުން އޮތް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހިނގަމުން މިދާ ވެރިކަން ކުރެވެމުންދާކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ނުދެވި، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ނުކުރެވޭއިރު، ބިޔަ ބޮޑު އެޖެންޑާތައް ނެރެ ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައި، ވެރިކަމާއި ހަވާލުވެތިބެ މުޅި ގައުމު ހަލާކުވެގެން ދާތަން ބަލަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2 Comments

  1. މޑޕ ބޭނުންވާކަމެންނޫތީކީ އަމިއްލަ އަމިއްލައަށް އެއްޗެހިތަށްބޮޑިކޮން އިންޑިޔާ ބޭނުންގޮތް ތީޗެހިން ހަދަންބޭނުންވާނީ އެއީޔަގީންކަމެތް

  2. އެކަން ކަލޭގެވެރިކަމުގައި ވަނީ ރައްޔިތުންނަށް ދައްކާފައި. ޗާޓުން ބޭރުން ވެރިކަން ކުރަން އުޅުމުން ދައުރު ހަމަ ނުވަނީސް ޖެހުނީ ވެރިކަމުން ފައިބަން.

Leave a Reply

Your email address will not be published. Required fields are marked *

Back to top button