ޚަބަރުސިޔާސީ

ބައިބައި ވެފައިވާ އެމްޑީޕީގެ ވެރިކަމަކުން ރައްޔިތުންނަށް ލިބޭނެ އިންސާފެއް އޮންނާތޯ؟

ބައިބައި ވެފައިވާ އެމްޑީޕީގެ ވެރިކަމަކުން ރައްޔިތުންނަށް ލިބޭނެ އިންސާފެއް އޮންނާނެތޯ ރައްޔިތުންގެ މަޖިލީޖުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައިވަނީ، އެމްޑީޕީ އިން އިންސާނީ ހައްގުތަކާމެދު ދެކޭ ގޮތާއި އަދި އެމީހުންގެ އިންސާފުވެރިކަން ހުންނާނެ މިންވަރާމެދު ސުވާލު އުފައްދަވާފައެވެ. އޭނާ މިފަދައިން ވިދާޅުވީ 2022 އޮކްޓޯބަރ 02 ވަނަ ދުވަހު ހުޅުމާލޭގައި ގޮތް ނޭންގޭ ގޮތައް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޛްހާންގެ މަރުގެ ތަހުގީގު ހަލުވި ކުރުމަށާއި، ގެއްލޭ މީހުން ހޯދުމުގައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށާއި، ގޮތް ނޭޭނގޭ މަރުތައް އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއްގެ ގޮތުގައި އިއްޔެ މަޖިލީހަށް ހުށައަޅައި، ވޯޓަށް އެހުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާާން މަހްމޫދު ވޯޓުގައި ބައިވެރިވެވަޑައިގެން ވޯޓު ލައްވާފައި ނުވާތީއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރުކަންވެސް ކުރައްވާ ޖީހާންގެ އަމަލުގެ ސަބަބުން އެމްޑީޕީގެ ހިއުމަން ރައިޓްސްގެ ފެންވަރު ހާމަވެގެން ދާއިރު ވެރިކަމުގައި އެމްޑީޕީ އޮވެގެން ރައްޔިތުންނަށް ހޯދައި ދެވޭނީ ކޮން އިންސާފެއްތޯ ސައީދު ސުވާލު ކުރެއްވިއެވެ.

”‏ޕާލިމެންޓުގެ ހިއުމަން ރައިޓުން ވޯޓު އަނބުރާ ގެންދިޔައީ ކީއްވެ ތޯ؟‏ ބައިބައި ވެފާވާ އެމްޑީޕީ ގެވެރިކަމަކުން އަދި އަމުދުން ރައްޔިތުންނަށް ލިބޭނެ އިންސާފެއް އޮންނާނެތޯ؟“ ސައީދު ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމަކީ އަމާންކަމާއި ސުލްހަ މަސަލަސްކަން ރާއްޖޭގައި ގާއިމްވެގެން ދިއުން ކަމުގައި ސައީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button