
ބެންގަލޫރޫ ކައިރީގައި އޮންނަ ރާމަނަގަރާއިން ގޯއާއަށް އަންގާރަ ދުވަހު އެތެރެކުރަން އުޅުނު 2،200 ކިލޯގެ ގެރިމަސް ގެންގުޅުނު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނާގޮތުގައި އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ އުއްޓަރަ ކަންނަޑާ، ކަރްނަޓަކާ އިންނެވެ. އަދި އެމީހުންގެ މައްޗަށްވަނީ ގެރި ކަތިލުމާއި ގެރި ކަތިލުން ހުއްޓުވުމުގެ ގާނޫނު 2020 4،7 އަދި 12 ވަނަ މާއްދާގެ ދަށުން ހުކުމް ކުރުމަށް ދައުވާ ކުރެވިފައެވެ.
އިންޑިއާގެ ރަމަނަގަރާ ފުލުހުން މި މީހުން އަތުލައިގަނެފައިވަނީ ޗެކްޕޯސްޓަކުންނެވެ.