ޚަބަރުސިޔާސީ

އެމްއޭސީއެލް އިން ކުރިޔަށް ގެންދަން ރައީސް ޔާމީން ނިންމެވި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް މަރުހަބާ: މުއިއްޒު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިޔަށް ގެންދަން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އާބްދުލްގައްޔޫމް ނިންމެވި ފްލެޓްތައް ލިބުނު މުވައްޒަފުންނަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

އެމްއޭސީއެލްގެ ފްލެޓްތައް މުވައްޒަފުންނާއި ހަވާލު ކުރުމަށް އެކުންފުނިން ބޭއްވި ރަސްމިއްޔާތުގެ މައުލޫމާތާއި ފޮޓޯ ހިމެނޭ ޓުވީޓެއް ހިއްސާކުރައްވައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަސައްކަތަކީ ހިޔާ މަޝްރޫއުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިޔަށް ގެންދަން ރައީސް ޔާމީން ހަވާލު ކުރެއްވި ފްލެޓްތަކެއް ކަމުގައެވެ.

”ހުޅުމާލޭ ފޭސް 2 ގެ ކޮންމެ ކަންކޮޅަކުން ފެންނަނީ ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ. ދުރު ވިސްނޭ ސިޔާސަތު.“ މުއިއްޒު ވިދާޅުވިއެވެ.

އެމްއޭސީއެލް އެއިރޯ ރެޒިޑެންސް އަކީ 2 ޓަވަރުގެ މައްޗަށް އެކުލެވޭ ތަނެކެވެ. އެ ދެ ޓަވަރުގައި 384 އެޕާޓްމެންޓް ހަދާފައިވެއެވެ.

އެތަނުގައި 2 ކޮޓަރީގެ 240 އެޕާޓްމެންޓާއި 1 ކޮޓަރީގެ 72 އެޕާޓްމެންޓް ހުރެއެވެ. އަދި ކުރިޔަށް އޮތްތަނުގައި 384 އާއިލާ އެ ޓަވަރުތަކުގައި އުޅޭނެއެވެ.

One Comment

  1. އަޅުގަނޑަށް ހީވަނީ މޭޔަރު މުއީޒުގެ ސިކުނޑި ރަގަނޅަކަށް މަސަށްކަށް ނުކުރާހެން ކޮންމެ ސަރުކާރަކުން ކުރިއަސް އެކުރާކަމެއް ކުރަނީ ރައިޔަތުންގެ ފައިސާއިން ކަން މުއީޒުއަށް އެގިނުލެއްވީތީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button