
‘ކްލީވެންޓީ’ ގެ ފިހާރަ ހުޅުވުމަށް ރައީސް އިބްރާހިމް ސޯލިހް ގެ ދެކަނބަލުން ވަޑައިންނެވުމުން ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.
’ކްލީވެންޓީ’ ގެ ފިހާރަ ހުޅުވާފައިވަނީ މިދިޔަ 29 ވަނަ ދުވަހުގެ ރޭގަ އެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރަޢީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެފައިވެއެވެ. ރަޢީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ލަގްޒަރީ ވޮޗް ބްރޭންޑް ސްޓޯރ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
މި ޓްވީޓް ޝެއަރ ކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް، އެ ކުންފުނިތަކުގެ އެހީތެރިކަމާއި، ލޯކަލް ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް އެހީތެރިވެދެއްވާނެ އެއްވެސް އުޞޫލެއް/ އުސޫލްތަކެއް އެބައޮތްތޯ؟ އެހެންކަމަށްވާނަމަ، އަޅުގަނޑުމެންނަށް އުޞޫލުތައް ދެއްކުމަށެވެ. އަދި ރައީސް އޮޕީހުގެ ޕޮލިސީ ސެކްރެޓެރިއެޓް އަޙްމަދު ޙަމްދާން އާއި ރައީސް އޮޕީހުގެ ސްޕޯކްސްޕާސަން މިޢުވާން ޓެގްކޮށްފައިވެެއެވެ.
މީގެ އިތުރުން، ރައީސް ސޯލިހް އެ ރަސްމިއްޔާތު ޝަރަފް ވެރި ކުރުވުމުގެ ބަދަލުގައި ޤުރުޢާން ކިޔެވުމުގެ ދާޢިރާއިން ފުންނާބު އުސް ނަބީހް އަށް އެފުރުސަތު ދިން ނަމަ މާ ބުއްދިވެރިވާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.