ޚަބަރުސިޔާސީ

އަމީނީމަގުގެ ގަސްތައް ކަނޑާ މައްސަލައެއް މަޖިލީހަށް!

އަމީނީމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް މައްސަލައެއް ހުށަހަޅުއްވައިފިއެވެ. 

އެ މައްސަލާގައި ވަނީ މާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމަކީ އެމްޑީޕީގެ ވަޢުދެއްކަމަށާއި، މާލޭގެ އަމީނީ މަގުގަ ހަދަން ފަށާފައިވާއިރު އެމަގުގައި މިހާރު މަސައްކަތްކުރަމުންދާ ހިސާބުގައި ހުރި ހިޔާދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަލާފައިވާ ކަމަށެވެ. އަދި އެކަމުން އެތަކެއް ސުވާލުތަކެއް އުފެދޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ބާކީ ހުރި ގަސްތައް ކަނޑާނެތޯ އޭނާ ސުވާލު އުފައްދަވާފައިވެއެވެ. މާލޭގެ އެހެން މަގުތައްވެސް ހަދާއިރުގައި އެ މަގުތަކުގައި ހުންނަ ބޮޑެތި ގަސްތައްވެސް ކަނޑާނެތޯ ހަސަން ލަތީފް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، އަމީނީމަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައްވެސް ރަނގަޅު ފެންވަރަށް ހަދާއިރު، މި މައްސަލަ ހުށަހެޅުމުގައި ބަޔާންކުރެވިފައިވާ ޤުދްރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކީން ޙާއްޞަކޮށް އެމަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެމަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ޤަވާޢިދުގެ 179 ވަނަ މާއްދާގެ ދަށުން ހަސަން ލަތީފް މި މައްސަލަ ހުށަހެޅިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button