ޚަބަރުސިޔާސީ

އާސްކް ސްޕީކާގެ ތިންވަނަ ޕްރޮގްރާމް ޖުލައި 5 ގައި!

”އާސްކް ސްޕީކާ’ގެ 3 ވަނަ ޕްރޮގްރާމް ޖުލައި 5 ވާ ހޯމަ ދުވަހުގެ ރޭގަނޑު 21:00ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހާ ބެހޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދިފައިާ ސުވާލުތަކަށް ޖަވާބު ދިނުމުގެ މަގްސަދުގައި ބާއްވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ޓީވީއާއި ސޯޝަލް މީޑީޔާ މެދުވެރިކޮށް ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފަހަރުގެ ޕްރޮގްރާމް ކުރިޔަށްދާނީ ވާޗުއަލްކޮށް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މިޕްރޮގްރާމުގައި ރައީސް ނަޝީދަށް ސުވާލުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތުވަނީ ހުޅުވާލާފައެވެ. ފޯނުން ސުވާލު ވީޑިޔޯ ކުރައްވައިގެން އަދި މެސެޖް މެދުވެރިކޮށްވެސް ސުވާލުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ލައިވްކޮށް ސުވާލުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ނަންނޯޓް ކުރެއްވުމަށް އެބޭފުޅެއްްގެ ނަމާއި ސުވާލު ޖެއްސެވުމަށްފަހު 7234566 ނަންބަރަށް މެސެޖް ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ކްލަބްހައުސް މެދުވެރިކޮށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އެބޭފުޅުންގެ ނަމާއި ކްލަބްހައުސް އައިޑީ މަޖިލީހުގެ ހޮޓްލައިން ނަންބަރ 7234566 އަށް މެސެޖްކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރާ ސުވާލުތަކުގައި AskSpeaker# ހޭޝްޓެގް ބޭނުންކުރުމަށް ވެސް މަޖިލީހުންވަނީ އިލްތިމާސްކޮށްފައެވެ.

އާސްކް ސްޕީކާގެ 3 ވަނަ ޕްރޮގްރާމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ތައްޔާރުވަމުން ދާއިރު، މިވަގުތު ރައީސް ނަޝީދު ހުންނެވީ 6 މެއި ގައި އެމަނިކުފާނަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް ޖަރުމަން ވިލާތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button