ޚަބަރު

މާންދޫއިން ދެން ކިރާނީ ކޮންމެ ދޯންޏަކުން 12 ޓަނުގެ މަސް

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ކިރާ އަގު ދަށްކޮށް, ކޮންމެ ދޯންޏަކުން 12 ޓަނުގެ މަސްކިރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވުމާއެކު, ގިނަ ދޯނިތަކަށް މަސްކިރުމުގެ ފުރުސަތު ދިނުމަށް, 22 ސެޕްޓެންބަރު 2022 ވަަނަ ދުވަހުން ފެށިގެން ކޮންމެ ދޯންޏަކުން ދެން ކިރާނީ 12 ޓަނުގެ މަސް ކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މަސް ލިބޭ ނިސްބަތުން މި އަދަދު ބަދަލުވަމުން ދާނެ ކަމަށާއި, އަދި މި ބަދަލާއެކު މަސް ގަންނަ އަގުތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން 1.5 ކިލޯއިން މަތީގެ ފިނިކުރި މަހުގެ އަގު 15.50 ރުފިޔާއަށް އަށް އަދި ފިނި ނުކުރާ މަހުގެ އަގު 13,50 ރުފިޔާއަށް އަށް ވަނީ ދަށްކޮށްފައެވެ. އަދި 1.5 ކިލޯއިން ދަށް ފިނިކުރި މަހުގެ އަގު 7.50 ރުފިޔާއަށް އަދި ފިނި ނުކުރާ މަހުގެ އަގު 5.50 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ.

މިކަމާއި ގުޅުގެން ގިނަ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު. މަސްކިރާ އެހެން ކުންފުނިތަކުންވެސް މިބަދަލު ގެނެސް, މަސްކިރުމުގެ ލިމިޓެއް އަނެއްކައިވެސް ކަނޑައަޅާނެކަމަށް ބެލެވެއެވެ.

މީގެ ކުރިން ފެލިވަރު މަސްފެކްޓްރީއިން މިފަދައިން ލިމިޓެއް ކަނޑައެޅުމާއި ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ އެކަމާއިމެދު އިޙްތިޖާޖުކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް މާންދޫއިން މި ކަނޑައެޅި އަގުތަކާއި, ލިމިޓަކީ އިހު ބައެއް ކުންފުނިތަކުން ކަނޑައެޅި ލިމިޓަށްވުރެ ބޮޑު ލިމިޓެއްކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button