ޚަބަރުސިޔާސީ

ރައީސް ނަޝީދަށް އިދިކޮޅުގެ ރައްދެއް

ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްޓަކާ އެއްވެސް އަސާސެއް ނެތި، ގާނޫނާއި ހިލާފަށް މީހުން ހައްޔަރުކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހެން ބުނެފައިވަނީ ޖާނު ގޮށްވާލާނެ ކަމަށް ބެލެވޭ މީހުން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

ޖާނު ގޮއްވާލާނެ ކަމަށް ބެލެވޭ މީހުން ހައްޔަރު ކުރަންޖެހޭ: ނަޝީދު

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި، މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58، 59 އަދި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ރައީސް ނަޝީދުގެ ޒައާމަތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިދިކޮޅުން ބުންޏެވެ. ނަމަވެސް ގާނޫނު އަސާސީއާއި ހިލާފަށް މީހުން ހައްޔަރުކުރުމަކީ، ޑިމޮކްރަސީގެ ރޫހާއި ހިލާފު ކަމެއް ކަމަށް ފާހަގަކޮށް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button