ޚަބަރުވިޔަފާރި

ކުރިން ލޯނު ނެގި ފަރާތްތަކަށް މިފަހަރު ލޯނު ނުލިބޭނެ

ނިމިދިޔަ އަހަރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް ދޫކުރި ލޯނުތައް ނެގި ފަރާތްތަކަށް މި އަހަރު ދޫކުރާ ސްޓިމިޔުލަސް ލޯނު ނުލިބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލް މެދުވެރިކޮށް ދޫކުރަންފެށި މި ލޯނަކީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެކެވެ. އެގޮތުން އީއައިބީ ލޯނު ސްކީމުގެ ދަށުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 375 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މިއަހަރު އަލަށް ތައާރަފު ކުރި ސްޓިމިޔުލަސް ލޯނަކީ އީއައިބީ އަދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާނެ ލޯނުތަކެކެވެ. މި ލޯނުތަކަށް އެދެވޭނީ ކުރިން އީއައިބީ ލޯނު ނުލިބޭ ފަރާތްތަކަށް އެކަންޏެވެ.

އޮންލައިން ނޫހެއް ކަމުގައި ވާ ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ އީއައިބީ ލޯނު ނެގި ފަރާތްތަކަށް ސްޓިމިޔުލަސް ލޯނު ނުދޭން ނިންމީ ގިނަ ވިޔަފާރިތަކަށް އެ ފުރުސަތު ދިނުމަށް ކަމަށެވެ.

”އަބަދު އެއްބަޔަކަށް ލޯނުތައް ދިނުމުގެ ބަދަލުގައި އިތުރު މީހުންނަށް އެ ފުރުސަތު ދިނުމަށް ނިންމި ގޮތެއް އެއީ. އޭރުވެސް ވަރަށް މަދު ބަޔަކަށް އެ ފުރުސަތު ލިބުނީ.“ ފައްޔާޒު ވިދާޅުވިއެވެ.

ސްޓިމިޔުލަސް ލޯނު ޕެކޭޖުގެ ދަށުން ބީއެމްއެލް އިން 10 މިލިއަން ރުފިޔާއާ ހަމައަށް ކޮންމެ ވިޔަފާރިއަކަށް ވެސް ލޯނަށް އެދެވޭނެ އެވެ. އަދި އެސްޑީއެފްސީން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button