ގައުމީ އެއާލައިން ބަނގުރޫޓުވަމުންދާ މައްސަލައިގައި ރައީސް ސޯލިހާ ދެކޮޅަށް ތަހުގީގެއް ހިންގަން ޖެހޭނެ: ކެޕްޓަން އަމީން

ގައުމީ އެއާލައިން ބަނގުރޫޓުވަމުންދާ މައްސަލައިގައި ރައީސް ސޯލިހާ ދެކޮޅަށް ތަހުގީގެއް ހިންގަން ޖެހޭނެ ކަމުގައި އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ލީސް އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ކަމަށް ބުނެ މޯލްޑިވިއަންގެ A321 މަރުކާގެ އެއާބަސް އަނބުރާ ފޮނުވާލަން މޯލްޑިވިއަން އިން ނިންމުމާގުޅިގެން ޕީޕީއެމްގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބޯޓުގައި ޖަހާފައިވާ ގައުމީ ދިދަ ފޮހެލައި، ރަޖިސްޓްރީ ބާތިލް ކުރުމަށްފަހު މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބޯޓު ފޮނުވާލާނެ ކަމުގައެވެ.
”މިއީ ގައުމަށް ލިބުނު ކިހާ ބޮޑު ގެއްލުމެއް.“ ކެޕްޓަން އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވިގޮތުގައި އެ ބޯޓަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2015 ވަނަ އަހަރު މޯލްޑިވިއަން އަށް ގެނައި ބޯޓެއް ކަމުގައެވެ.
Airbus A321 was brought by @MaldivianAero in 2015. This was a proud achievement of @prz_ymn
Maldivian Flag/Registry will be removed & the aircraft will be taken away this December.
What a loss for the nation. @ibusolih must be investigated for bankrupting national airline! pic.twitter.com/ymzxMgtpGr
— Mohamed Ameen (@ameen3d) September 11, 2022
އެއާބަސް ފޮނުވާލަނީ ލީސް އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ކަމަށް މޯލްޑިވިއަން އިން ބުނި ނަމަވެސް ބޯޓު ދޫކޮށްލަން ނިންމާފައިވަނީ ފައިސާ ނުދެއްކިގެން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެކަމަކު އެކަން މޯލްޑިވިއަން އިން ދޮގު ކުރެއެވެ.
ތިކަމެންނުކުރާނެ ކިތައްކަންތަކުންތޯބަގުރޫޓުވަނީ އެކަމު ތައުރީފުތައްއޮއްސަނީ
ޢަމީން ވަކިކުރީ މިހާލަތަށް ކުންފުނި ދުއްވާލީމަ. އޭރު މީހުނާހިސާބަށްމިކަން ތިލަނުވަނީ!!