ޚަބަރު

މަރާލި ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

ރަހީނު ކުރުމަށްފަހު މަރާލި 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާގެ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހަފްތާގެ ތެރޭގައި ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލެވޭ ވަރު ވާނެ ކަމަށެވެ.

”މިހަފްތާ ތެރޭގައި ފޮނުވާލުމަށް މަސައްކަތް ކުރަމުން މިގެންދަނީ. އެއީ އިންޑިއާއަށް.“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރަހީނު ކުރުމަށްފަހު މަރާލި ކުއްޖާ ފުލުހުން ހޯދީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ފަޅުތެރެއިންނެވެ. އެ ކުއްޖާ މަރާލާފައި އޮތީ ފޮށްޓެއްގެ ތެރެއަށް ލާފައެވެ. އެ ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. އެކަމަކު ހައްޔަރު ކުރި 2 މީހުންގެ މައްޗަށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެއެވެ. ކުއްޖާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނީ އެ ކުއްޖާއާއި އެއްކޮށް އުޅެމުން އައި ދެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button