ޓުވިޓާގައި ބަރަހަނާވި ނަބީލް ހައްޔަރު ކޮށްފި

މީސް މީޑިއާ އޮޅިއެއް ކަމުގައިވާ ޓުވިޓާގައި ބަރަހަނާ ފޮޓޯތަކެއް ތަކުރާރުކޮށް އާންމު ކުރަމުން ގެންދިޔަ ދިވެހި ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށްފިއެވެ.
ނަބީލް ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ނުކޮށްގެން އާންމުން ފުލުހުންނާއި، ސަރުކާރަށް ފާޑުކިޔައި، ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމުގައެވެ. އެކަމަކު އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަބީލަކީ އަންހެން ހެދުން އަޅައިގެން ޓުވިޓާ އަދި ޓިކްޓޮކްގައި ވީޑިއޯ އާންމުކޮށްގެން ކުރިންވެސް ހައްޔަރު ކުރި މީހެކެވެ. އެފަހަރު އޭނާ ދޫކޮށްލީ އެފަދަ ކަމެއް ނުކުރުމަށް ޝަރުތުކޮށްފައެވެ.