ޚަބަރު

ޔޫތު މިނިސްޓްރީ އަށް މިއަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ

ޔޫތު މިނިސްޓްރީ އަށް މިއަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެއެވެ.

އެ މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓް ހުސްވުމާ ގުޅިގެން، ކުރިން އެތަނުގެ ދަށުން ހިލޭ ދޫކުރަމުން އައި ތަންތަން މިހާރު ކުއްޔަށްދޭ ކަމަށް ބުނެ ނޫހަކުން ގެނެސްދިން ޚަބަރަކާ ގުޅިގެން ރައްދު ދެއްވައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދެއްވި ބަޖެޓުން އަހަރު ނިމުނު އިރު 200 މިލިއަން ރުފިޔާ ބާކީކުރުމުން، އޭގެ ފަހުން ބަޖެޓު ކުޑަކުރެއްވި ކަމަށެވެ.

”ނަމަވެސް އަޅުގަނޑުމެން މި ތިބީ ފަތުއަޑުކިޔާފައި މަސައްކަތުގައި. ބަޖެޓު ހުސްވީމާ އިތުރަށް ބޭނުންވާ ފައިސާ ވެސް ލިބިއްޖެ.“ އޭނާ ވިދާޅުވި އެވެ.

ކުއްޔަށް ތަންތަން ދީގެން ފައިސާ ހޯދާކަން ދިފާއުކޮށް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ސޯޝަލް ސެންޓަރު ދީގެން ބަޖެޓަށް 500،000ރ. ވަން ކަމަށެވެ. އަދި އެވަރު މަދުތޯ ސުވާލުކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވީ މި މަހުގެ 19 އިން 21 އަށެވެ. ތިން ދުވަހުން 5 ލައްކަ ރުފިޔާ ކުލީގެ ގޮތުގައި ލިބުނު ކަމަށް މަހުލޫފު ވިދާޅުވުމުން އެއީ ދުވާލެއްގެ މައްޗަށް 166,666ރ އެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button