ޚަބަރު

ދިވެހި ފުލުހުންގެ ހިދުމަތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން، ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުލުހުން ހުޅުވާލައިފިއެވެ.

މުބާރާތުގެ ތީމެއްގެ ގޮތުގައި ކަޑައަޅާފައި ވަނީ ”ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން“ ނެވެ.

މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައެވެ. މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button