ޚަބަރު

ރާއްޕެ ހޯދަން ބެލިއިރު ފިލައިފި

ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އިސްލާމިކް މިނިސްޓްރީގެ ވަޒީފާ އިން ވަކިކުރި މުވައްޒަފު އިބްރާހީމް ރާފިއު (ރާއްޕެ) ކަމަށް ބެލެވޭ މީހަކު ލިވާތު ކުރާ ވީޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައި ފުލުހުން ރާއްޕެ ހޯދަން ބެލިއިރު، ސްރީލަންކާއަށް ފިލައިފިކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

ރާއްޕެ ލަންކާއަށް ގޮސްފައި ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކީ އެއްޖިންސުން ގުޅުންހިންގި އަލަމްގިރް ހައްޔަރުކޮށް ތަހުގީގް ފެށިދުވަހުއެވެ. ރާއްޕެ އަކީ އެމްޑީޕީގެ ނުފޫޒްގަދަ އެކްޓިވިސްޓެކެވެ.  މި ވީޑިއޯގެ މައްސަލަ ތިލަވުމުން ފުލުހުން މިފަހުން އެއްޖިންސުން ގުޅުންހިންގާ މީހުންނަށް އަމަލުކުރާ އުސޫލް ކަމުގައިވާ ޕާސްޕޯޓު ހިފަހަށްޓަން އިމްގިރޭޝަނުން ބެލިއިރު ރާއްޕެ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ.

ރާއްޕެ ވަނީ މިހާރު އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ މަގާމުންވެސް ވަކިކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button