ފިރިހެން ދަރިވަރަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ޣާޒީ ސްކޫލު ޓީޗަރުގެ ބަންދަށް ފަސް ދުވަސް
![](https://bonthinews.com/wp-content/uploads/2022/08/640F37AE-34EF-4163-A1BD-043E5337FCE3.jpeg)
ދަރިވަރަކަށް ޓިއުޝަން ނަގައިދޭން ކަމަށްބުނެ އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުވާ ޣާޒީ ސުކޫލުގެ ޓީޗަރުގެ ބަންދަށް ފަސް ދުވަސް ކޯޓުންއިތުރުކޮށްފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި ހިނގާ އޯގަސްޓްމަހުހެ މަހުގެ ފަނަރަވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލަ ފުލުހަށް ހުށަހެޅިތާ ދުވަސްތަކެއް ވެގެންދިޔައިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމުން އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އާއި އާންމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭނާއަށް އަނިޔާކޮށް ބަރަހަނާކުރުމުންނެވެ.
އެ މައްސަލާގައި އޭނާއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އާއިލާއިން ތުހުމަތު ކުރާގޮތުގައި މި ޓީޗަރުވަނީ އޭނާގެ ފޯނުން އެ ދަރިވަރަށް ބަދުއަޚުލާޤީ އަމަލުތަކުގެ މަންޒަރުތައްވެސް ދައްކާފައެވެ.
އާންމުން އޭނާއަށް އަނިޔާކުރި މައްސަލައިގައި ފުލުހުން ވަނީ މުޖްތަމައުއަށް ދޫކޮށްފައި ތިބި މިފަދަ ނުރައްކާތެރި ކުށްތަކުގެ ތުހުމަތުވާ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އަނިޔާ ކޮށްފިނަމަ އެފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފައެވެ.