ޚަބަރު

ވ.ތިނަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުން ބަޖެޓްގައި ހިމެނޭނެކަމެއް ނޭނގެ: އަސްލަމް

ވ.ތިނަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭނެކަމެއް ނޭނގޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވ.ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވަނީ ވ. އަތޮޅުގެ އަސާސީ ޚިދުމަތްތަކާއި ގުޅޭ މަޝްރޫއުތަކާއި ގުޅިގެން މިނިސްޓަރ އަސްލަމް އާއި ސުވާލުކުރައްވާފައެވެ.

އެގޮތުން ވ. ތިނަދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭނެތޯ މެންބަރު ފަޒުލް ކުރެއްވި ސުވާލަށް އަސްލަމް ދެއްވީ ޔަޤީންކަމެއްނެތް ރުންކުރު ޖަވާބެކެވެ.

އަސްލަމް ވިދާޅުވީ އެ މަޝްރޫއު ބަޖެޓްގައި ހިމެނޭތޯ މަސައްކަތް ކުރެވިދާނެ ކަމަށާއި، ހިމެނޭނެ ކަމެއް ނޫންކަމެއް އަދި ދަންނަވަން ނޭނގޭކަމަށެވެ.

މިއަންނަ އަހަރުގެ ބަޖެޓަށް ލެވޭނެތޯ ނޫންތޯ، ބަޖެޓަށްލާން މަސައްކަތް ކުރެވިދާނެ. ދެން ބަޖެޓަށް ލެވޭނެކަމެއް ނުލެވޭނެ ކަމެއް އިނގޭނީ މަޖިލީހަށް ހުށަހަޅާ ފާސްވެގެން ދާއިރުއަސްލަމް ވިދާޅުވިއެވެ.

ވ. އަތޮޅުގެ މަޝްރޫއުތައް ލަސްވާ ސަބަބާއި ގުޅިގެން ދާއިރާގެ މެންބަަރުގެ ގިނަ ސުވާލުތަކެއް އެކި ޖަލްސާތަަކުގައި މިނިސްޓަރު އަސްލަމް އާއި ކުރިމަތިކުރެއްވި ނަމަވެސް މިހާތަނަށް އެދެވޭ ޖަވާބެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އެކި ދާއިރާތަކުގެ މެންބަރުން އެދާއިރާތަކުގެ މަޝްރޫއުތައް ލަސްވާ ސަބަބުތަކާއި ގުޅިގެން އެންމެ ގިނައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާ މިނިސްޓަރަކީ ޕްލޭނިން މިނިސްޓަރު އަސްލަމް އެވެ.

އަތޮޅުތެރޭގެ މަޝްރޫއު ތަކާއި ގުޅޭގޮތުން އަސްލަމް އާއި ސުވާލު ކުރެއްވި ނަމަވެސް ގިނަ މަޝްރޫއުތަކުގެ މައުލޫމާތު އަސްލަމްއަށް އެނގިވަޑައި ނުގަންނަވާކަން މަޖިލީހުގައި އެމަނިކުފާނު ދެއްވާ ޖަވާބުތަކުން ސާފުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button