ޚަބަރުސިޔާސީ

މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުކޮށްފި

ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.

މުހައްމަދު ފުލުހަށް ހާޒިރުކުރީ ޖޫން 21 ގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައެވެ. މީގެ ކުރިން އޭނާ ވަނީ އެ މައްސަލައިގައި 45 ދުވަސް ވަންދެން ބަންދުކޮށްފައެވެ. އަދި މިއަދު މުހައްމަދު ހާޒިރުކުރީ އޭނާގެ ފޯނާ ގުޅޭގޮތުން އިތުރު ބަޔާނެއް ނެގުމަށެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ވިދާޅުވީ އެ ހަމަނުޖެހުން ރާވާ ހިންގިކަމަށް ސަރުކާރުން ދައްކަން މަސައްކަތް ކޮށް، އޭނާ ފްރޭމް ކުރަން އުޅުނަސް އެކަމުގައި ބައިވެރިވެފައި ނުވާނެ ކަމުގައެވެ.

”ކޮންމެ ދުވަހަކު ފުލުހަށް ގެންދިޔަޔަސް ނުކުރާ ކަމެއްގެ ނަން ބޯޑު ގައިގަ ނޭޅުވޭނެ.“ މުހައްމަދު ވިދާޅުވިއެވެ.

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން ބިން މުހައްމަދުވެސް ބަންދު ކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްފައިވެއެވެ. އެ ދޭބުފުޅުންގެ އިތުރުންވެސް ގިނަ އަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ބަންދުކުރިއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button