ޚަބަރު

ރައީސް ޔާމީނަށް ޓިކެޓު ހަވާލު ކުރާ ”ހަވާލޭ ވަތަން“ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް

އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް 2023 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލު ކުރުމަށް ޕީޕީއެމް ޕީއެންސީއިން ބާއްވާ ”ހަވާލޭ ވަތަން“ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލް ”ބޮންތި“ އާއި ހިއްސާ ކުރައްވައިފިއެވެ.

މުހައްމަދު ވިދާޅުވީ މާދަމާ ރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޕްރޮމޯޓު ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގިނަ ބެނާތަކެއް ހަރުކުރެވި، ދައުވަތު ކާޑު އެތައް ހާސް ބަޔަކަށް ފޮނުވާފައިވާނެ ކަމުގައެވެ. އަދި އަތޮޅު ތެރޭގައިވެސް ވަރަށް ފޯރީގައި މި ޖަލްސާގެ ޕްރޮމޯޝަންގެ މަސައްކަތް ކުރިޔަށް ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުހައްމަދު ވިދާޅުވިގޮތުގައި ޖަލްސާގެ މަގްސަދާއި، ޖަލްސާގައި އާންމުންނަށް ލިބިގެންދާނެ މެސެޖުތަކުގެ ކޮންމެވެސް މިންވަރެއްގެ މައުލޫމާތުތަކެއް އިދިކޮޅު ހަބަރު ގެނެސްދޭ ޗެނަލް 13 އިން ގެނެސްދޭ ”ހަވާލޭ ވަތަން“ ޖަލްސާ ކަވަރޭޖުގައި ލިބިގެންދާނެ ކަމުގައެވެ.

”މިއީ އަޅުގަނޑުމެން މި އަހަރު ބާއްވާ އެންމެ ހާއްސަ ޖަލްސާ. ހާއްސަކޮށް މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ. އެމަނިކުފާނުގެ ވާހަކަފުޅު ބައްޓަން ކުރައްވާނީ ބޮޑަށް މިހާރު ހުރި މައްސަލަތަކަށާއި އެކަމުގެ ހައްލުގެ މައްޗަށް. މެނިފެސްޓޯގެ އަމާޒުވެސް ވިދާޅުވެ ދެއްވާނެ.“ މުހައްމަދު ވިދާޅުވިއެވެ.

ރަށްރަށުން ބައިވެރިވާން ބޭނުންވާ އެންމެނަށްވެސް މާދަމާ ރޭގެ ޖަލްސާއަށް ދައުވަތު ދީފައިވާކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

ބެލެވޭ ގޮތުގައި މާދަމާ ރޭގެ ޖަލްސާގައި ރައީސް ޔާމީންގެ ވާހަކަފުޅު ބައްޓަން ކުރައްވާނީ 2023 ގައި ޕީޕީއެމްގެ ސަރުކާރެއް އައިސްފިނަމަ ކަންކަން ކުރައްވާނެ ގޮތުގެ މައްޗަށެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button