ޚަބަރު
ސްޓެލްކޯގެ އިންޖީނެއްގަ ރޯވެއްޖެ
![](https://bonthinews.com/wp-content/uploads/2022/08/img_md_202010231153221603436002.985.jpg)
ސްޓެލްކޯގެ އިންޖީނެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރީންނެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ސްޓެލްކޯ އިންޖީނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު މިއަދު 12:15 ގައި ލިބިގެން ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަލިފާން ނިއްވާލެވުނީ 12:26 ގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ.