ޚަބަރުސިޔާސީ

އިސްލާމް ދީނުގެ ދިފާއުގައި ނަފްރަތުގެ ބިލާ ދެކޮޅަށް ތެދުވާންޖެހޭ: ޑރ.ޖަމީލް

ގާނޫނުލް އުގުބާތަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ބިލާއި ދެކޮޅަށް ތެދުވާންޖޭހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރމުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވިގޮތުގައި މުސްލިމުންގެ ތެރެއިން މުރުތައްދުވާ މީހުންނަށް އަދަބު ދެވޭނެއެވެ. އެކަމަކު ނަފްރަތުގެ ބިލުގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ ސަބަބުން ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތައް ބިނާވާނީ އިސްލާމް ދީނާ ދެކޮޅަށްކަން ޖަމީލް ފާހަގަކުރެއްވިއެވެ. މި ބިލުގެ ސަބަބުން އެމީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ލިބޭނީ ހިމާޔަތްކަން ޖަމީލް ފާހަގަކުރެއްވިއެވެ.

”މި ބިލުގެ ސަބަބުން ބިދޭސީން ރާއްޖޭގައި ވަޒަންވެރިވެ ތިބެ ދީނާ ދެކޮޅަށް ހިންގާ އަމަލުތަކަށް ލިބޭނީ ހިމާޔަތް.“ ޖަމީލް ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ދިފާއުގައި މިބިލާއި ދެކޮޅަށް ތެދުވުމަށް ޖަމީލް ގޮވާލައްވާފައި މިވަނީ ނަފްރަތުގެ ބިލް މަޖިލީހުން ބޭރުކުރުމަށް 101 ދީނީ އިލްމުވެރިޔަކު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެެ.

One Comment

  1. މި ސަރުކަަރުގެ އެއްމެ ބޮޑު ބެޭނުމަކީ ވެސް، މުސްލިމުކަން ދޫކޮށްލާ މީހުން ހިމާޔަތް ކުރުމާ ލާދީނީ މީހުން ގައުމުރަރއްޔަތުކަން ދީގެން މި ގައުމުގާ މި އޮތް މާތްވެގެންވާ އިސްލާމް ދީން މި ގައުމުން ފުހެލުން

Leave a Reply to މަ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button