ޚަބަރު

އަޅުގަނޑުގެ ފަސްބައި ސާފުވާނެ: ޕީޖީ އޮފީހުގެ ތަރުޖަމާނު

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ފިރިހެނަކަށް ވީޑިއޯއެއް ފޮނުވި ކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ޝަފީއު ބޮކްސާއެއް ލައިގެން ހުރެ ފިރިހެނުންނަށް ގްރައިންޑަރ އެޕުން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފޮނުވާ ކަމަށް ”އުމަރު ޝުޖާއު“ ނަމަކަށް ޖަހާފައިވާ ޓުވިޓަރ އެކައުންޓަކުން ޓުވީޓު ކުރުމާ ގުޅިގެން ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަމުގައި އޭނާ ދެއްވަން ބޭނުންވާ މެސެޖު ޓުވީޓު ކޮށްފައިވާ ކަމަށާއި، އެ މައްސަލައިގައި އިތުރަށް ކޮމެންޓު ކުރުމުގެ ބޭނުމެއް ނެތް ކަމުގައެވެ.

ޝަފީއު ވިދާޅުވީ އޭނާއަށް ނިސްބަތްކޮށް ނުބައި ތަސައްވުރެއް އުފެދޭގޮތަށް ދައްކާ ވާހަކަތައް ދޮގު ކުރައްވާ ކަމަށާއި، އެއީ ވަކި ބޭނުމެއްގަ އޭނާގެ އަގު ވައްޓާލަން ކުރަމުންދާ ކަމެއް ކަމުގައެވެ.

”އަޅުގަނޑުގެ ފަސްބައި ސާފުވާނެ.“ ޝަފީއު ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި އެ ވީޑިއޯއިން ފެންނަނީ ޝަފީއުއެއް ނޫނެވެ. އަދި އެއީ ވިއެޓްނާމަށް ނިސްބަތްވާ މީހެއްގެ ވީޑިއޯއެއް ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

https://twitter.com/umarshujau/status/1555902213213626370?s=20&t=unwkOHA4KlIgO3qutyPhPg

ޝަފީއުގެ އިތުރު ވީޑިއޯއެއް ލީކު ނުވަނީސް އިސްތިއުފާ ދިނުމަށް އުމަރު ޝުޖާއުގެ އެކައުންޓުން ގޮވާލުމުންވެސް އޭނާ އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އަދި އުމަރު ޝުޖާއު އެކައުންޓުން އިތުރު ވީޑިއޯއެއްވެސް ލީކެއް ނުކުރެއެވެ. އުމަރު ޝުޖާއު އެކައުންޓުން ޝަފީއު އަށް ބިރު ދެއްކުމަށްފަހު އިސްތިއުފާ ނުދިނުމުން ވީޑިއޯ އާންމު ނުކުރުމުން ބެލެވެނީ އެފަދަ ވީޑިއޯއެއް ނެތް ކަމެވެ.

https://twitter.com/umarshujau/status/1555960091077115908?s=20&t=4v4KSClj6wBCAay6xQmTNA

އުމަރު ޝުޖާއު އެކައުންޓުން ވަނީ ޝަފީއު އާއި ށ.ފުނަދޫ ފިރިހެނަކާވެސް އަޅުވާ ކިޔާފައެވެ. އެގޮތުން ޝަފީއު އާއި އިތުރު ފިރިހެނަކު އެއް އެނދެއްގައި ނިދާ ކަމަށް އެ އެކައުންޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް އުމަރު ޝުޖާއު އެކައުންޓުން ޝަފީއު އާއި މެދު ދައްކާ ވާހަކަތަކާއި ކުރާ ތުހުމަތުތަކަށް ބާރު ލިބޭވަރުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އަދި އެ ޓުވީޓުގައި ހިމަނާފައިވާ ފިރިހެން މީހާގެ ދެ ފޮޓޯއިން އެއީ ދެމީހުންކަން ވަރަށް ބޮޑަށް ބެލެވެއެވެ.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button