ޚަބަރު

އުއްމަތައް ނަޞްރު ލިބޭނީ ﷲގެ މަގުގައި ޖިހާދު ކޮށްގެން: ޝައިޚް ފަޟްލޫން

އުންމަތައް ނަޞްރު ލިބޭނީ މާތް الله ގެ މަގުގައި ޖިހާދުކޮށްގެން ކަމަށް ޝައިޚް ފަޟްލޫން ވިދާޅުވެއްޖެއެވެ.

ފަޟްލޫން މިފަދައިން ވިދާޅުވީ ދުނިޔޭގެ ތައްޓަށްކުޅޭ ފުޓްބޯޅަ މުބާރާތުގައި ރޭ ސްޕޭންގެ މައްޗަށް ކުރި ހޯދައި މޮރޮކޯ އަށް ކާމިޔާބު ވުމާއިއެކު އެއީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ގިނަބަޔަކު ސިފަކުރަމުން ދަނިކޮށެވެ.

ފަޟްލޫން ވިދާޅުވީ ފުޓުބޯޅައިގައި ސްޕޭންގެ މައްޗަށް މޮރޮކޯ ކުރިހޯދުމަކީ ނަޞާރާއިންގެ މައްޗަށް މުސްލިމުންނަށް ލިބުނު މޮޅެއް ނޫންކަމަށެވެ.

‏މިއާއިއެކު އޭނާ ވިދާޅުވީ އުއްމަތައް ނަޞްރު ލިބޭނީ ﷲގެ މަގުގައި ޖިހާދު ކޮށްގެން ކަމަށާއި، މުސްލިމް އުއްމަތުގެ ގިނަ ބަޔަކު އަދިވެސް ތިބީ ދުނިޔެއާ މަޝްޢޫލުވެ ޖިހާދަށް ފުރަގަސް ދީގެންކަމަށެވެ.

ޝައިޚް ފަޟްލޫން މިފަދައިން ވިދާޅުވެފައިވާއިރު، އުންމަތައްޓަކައި ޖިހާދުވުން ދިވެހި ރާއްޖޭގައި ގިނަބަޔަކު މާނަކުރަމުންދަނީ ދީނީގޮތުން ހައްދުފަހަނަޅައި ދިއުމުގެ ޢަމަލެއްގެގޮތުގައެވެ. އަދި މިފަދަ ވާހަކަތައް ސޯޝަލްމީޑިއާގައި ހިއްސާކުރާ ފަރާތްތަކަކީ ހަރުކަށިފިކުރަށް ހިތްވަރުދޭ ބައެއްގެގޮތުގައި ވަނީ ލޭބަލްކުރެވިފައެވެ.

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސްޕެއިންގެ މައްޗަށް މޮރޮކޯ އިން ހޯދި މޮޅު ހުރިހާ މުސްލިމުންނަށް ޚާއްސަކޮށްފައިވާ ކަމަށް އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button