ޚަބަރުސިޔާސީ

އަޅުގަނޑަށް އިންސާފު ހޯދައިދޭކަށް މަސައްކަތެއް ނުކުރޭ : އަލްހާން

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުއްޓާ ދިން މަރުގެ ހަމަލާއަށް އިންސާފު ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ދިން ހަމަލާއަށް 7 އަހަރު ވެފައިވާ ކަމަށެވެ. އެ ހަމަލާގެ ސަބަބުން ނުކުޅެދޭ މީހަކަށް ވެފައި ހުރިކަން އަލްލާން ވަނީ ފާހަގަކުރައްވާފައެވެ. އެ ހަމަލާއަށް ފަންޑު ކުރީ ކޮން ބައެއް ކަމާއި، އެކަން ރޭވީ ކޮންބައެއްތޯ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލްހާން ހުންނެވިޔަސް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ނުކުރައްވާކަމަށް އަލްހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަމަލާއާއި ގުޅިގެން ފަރުވާ ހޯދުމަށް އައިސީޔޫގައި އޮތްއިރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އެމްޑީޕީއިން އޭނާއަށް އޮޅުވާލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button