މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ((އެމްޑީޕީ) އަށް 16 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.
މިއަދު ހެނދުނު 6:00 ގައި ހެންވޭރުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ އާންމު މެމްބަރުންގެ ހިތްތަކުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގާތް ބޭފުޅުން އެކަންޏެވެ.
މި ރަސްމިއްޔާތުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަން ލަތީފްގެ އިތުރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒުގެ އިތުރުން މަދު ބޭފުޅުން ކޮޅެކެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނެވެ.
MDP ge 16 vana Aharee Dhuvahuge Dhidha negun MDP Haruge kurimathee kuriah dhanee pic.twitter.com/IM2rMDXenS
— MDP Secretariat (@MDPSecretariat) June 26, 2021
”ބޮންތި“ އަށް އެނގިފައިވާގޮތުގައި މި ރަސްމިއްޔާތުގެ ދައުވަތު އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ދީފައިވެއެވެ. އޭގެ ތެރޭގައި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ”ބޮންތި“ އިން ކުރި މަސައްކަތް އަދި ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ. އެމްޑީޕީ ދެފަޅިވެ، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަނެއް މިހާރު ވަނީ އުފެދިފައެވެ.
މިއަދު ހަވީރު 16:00 ގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ބެލެވޭގޮތުގައި މި ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެމްޑީޕީގެ ކްލަބް ހައުސް އިފްތިތާހު ކުރުން މިރޭ 21:00 ގައި ބޭއްވުމަށް އެޕާޓީއިން ވަނީ ނިންމާފައެވެ. ކްލަބް ހައުސް އިފްތިތާހު ކޮށްދެއްވާނީ ރައީސް ނަޝީދެވެ.
ހޭފުޅު ނުލެއްވުނީތަ؟