ލިވާތު މައްސަލާގައި ހައްޔަރު ކުރި ނާޒިމް އަބުދުއްސައްތާރު ބަންދުން ދޫކޮށްލައިފި
ލިވާތުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މަޖިލީސް ރަޢީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ވަކީލު ނާޒިމް އަބުދުއް ސައްތާރު މިރޭ ބަންދުން ދޫކޮށްލައިފިއެވެ.
ނާޒިމަށް ޖަހާފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލާފައިވަނީ ފުލުހުންނެވެ. އޭނާގެ ބަންދުގެ މައްދަތު އިތުކުރަން ނުގެންދަން ނިންމި ސަބަބު އަދި ސާފެއް ނުވެއެވެ. އެެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ ވެލިގަނޑު ރިސޯޓުގައި ހުއްޓާ އއ ރަސްދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމަށް ފަހުއެވެ. އަދި އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތު ޖެހިއެވެ. މިމައްސަލާގައި ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރ މުހައްމަދު ނަޝީދު (ކާނަލް), އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އާއި ބަންގްލަދޭޝްގެ އަލަމްގީރު ހައްޔަރުކުރި އެވެ. އެ ތިން މީހުން ތިބީ އަދިވެސް ފުލުހުންގެ ބަންދުގަ އެވެ.
މިވީހާތަނަށް ލިވާތުގެ މައްސަލައިގައި ވެސް ރައީސް ސޯލިހު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިފަދަ ހާލަތަކަށް ޤައުމު ވެއްޓިފައިވާ ދަނޑި ވަޅެއްގައި ރައީސްގެ ބަހެއް ނުއިވޭތީ އާންމުން ދަނީ ރައީސް ސޯލިހަށް ފާޑުވިިދާޅުވަމުންނެވެ.