ދުނިޔެ

އަންހެން ކުދިންނާއިމެދު ގެންގުޅޭ ތަފާތުކުރުން ހުއްޓުވުމަށް ކެރެލާ ސްޓޭޓްގެ ހެޔޮ ފާލެއް

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ސުކޫލުތަކުގެ ފޮތްތަކުން އަންހެނުންނާއި ދޮކޮޅަށް ބޭނުން ކުރެވޭ ބަސްތައް އުނި ކުރުމަށް އެގައުމުން ނިންމައިފިއެވެ.

އިންޑިއާގައި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމުގެ ބޭނުމުގައި އެގޮތަށް ނިންމާފައި ވަނީ ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރައީ ވިޖަޔަންއެވެ.

ޕިނަރައީ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ، ހަމަހަމަކަން ގާއިމުކޮށް، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށްޓަކައި ކެރެލާގެ ސުކޫލުތަކުގެ ފޮތް ތަކުގައި އަންހެނުންނަށް އުނިކަމެއް ލިބޭ ފަދަ ބަސްތަށް އުނިކުރަން ނިންމާފައިވާ ކަމަށެވެ. މި ގޮތަށް ނިންމާފައި މިވަނީ ދާދި ފަހުން ވެސް އިންޑިއާގައި ފިރިމީހާގެ އަނިޔާތައް ތަހަށްމަލު ކުރަމުން ދިޔަ އަންހެނެއް މަރުވެފައި ވަނިކޮށެވެ. އަދި އެކަމާއި ގުޅިގެން ވެސް ޕިނަރައީ ވަނީ އަންހެނުންގެ ދިފާއުގައި ނިކުމެފައެވެ.

ޕިނަރައީ ވިދާޅުވީ ހަމަހަމަ މުޖުތަމައަކަށްޓަކައި އަންހެނުންނާއި މެދު ކުރެވޭ ތަފާތު ކުރުންތަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއަކީ އަބަދުވެސް އަންހެނުންނާއި މެދު ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭ ގައުމަކަށް ވާއިރު، ޕިނަރައީގެ މި ނިންމުން ވެގެންދާނީ އެގައުމުގައި ހިންގޭ މިފަދަ ތަފާތު ކުރުންތައް ހުއްޓުވުމަށް އެޅޭ ހެޔޮ ފާލަކަށް ކަމަށް ވެސް ކެރެލާ ސްޓޭޓުގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button