ދުނިޔެ

ފިލިޕީންސްގައި ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ޖަލަށް ލާނެ ކަމުގެ އިންޒާރު!

ފިލިޕީންސް ގައި ވެކްސިން ޖަހަން ދެކޮޅު ހަދާ ރައްޔިތުން ޖަލަށް ލާނެ ކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ ވިދާޅުވެއްޖެއެވެ.

‎ރޮޑްރިގޯ މިހެން ވިދާޅުވެފައި މިވަނީ އޭޝިއާ ބައްރުގައި އެންމެ ގަދައަށް ކޯވިޑު-19 ފެތުރެމުންދާ އެއް ގައުމަކަށް ފިލިޕިންސް ވުމާއި ގުޅިގެންނެވެ. އެގޮތުން އެ ގައުމުގައި މިހާތަނަށް 1.3 މިލިއަން މީހުންނަށް ކޯވިޑު-19 ޖެހިފައިވާއިރު، 23،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

‎އޭނާ މިހެން ވިދާޅުވެފައިވަނީ އެ ގައުމުގެ ބައެއް ވެކްސިން ސެންޓަރުތަކަށް ވެކްސިން ޖަހަން އަންނަ ފަރާތްތައް މަދުވަމުން އަންނަ ވަގުތެއްގައެވެ. އެހެންނަމަވެސް އެ ގައުމުގެ ހެލްތު އޮފިޝަލުން ވަނީ ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ބުނެފައެވެ.

‎ފިލިޕީންސް އަކީ 110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އަދި މިހާތަނަށް އެ ގައުމުގައި ވެކްސިން ދެވިފައިވަނީ އާބާދީގެ އެންމެ 5.8 އިންސައްތަ މީހުންނަށްކަން ފާހަގަކޮށްލެވެއެވެ

Leave a Reply

Your email address will not be published. Required fields are marked *

Back to top button