ޚަބަރު

ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮއް ފަސް އަހަރަށް ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމުގައެވެ.

ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 11 ވަނަ ދުވަހުގެ 11:00 އެވެ. ބީލަމުގައި ބައިވެރިވާން ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

ވެމްކޯ އިން ބުނީ، ކުރިއަށް އޮތް ހަތަރު އަހަރަށް ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ދިނުމަށްކަމަށެވެ.

ވެމްކޯއަކީ މާލެ ސަރަހަށްދުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ސަރުކާރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button