ޚަބަރުސިޔާސީ

ސަޢުދީގެ މެހެމާންދާރީއާމެދު ޝުކުރުވެރިވަން: ރައީސް

ސަޢުދީގެ މެހެމާންދާރީއާމެދު ޝުކުރުވެރިވާ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައަވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަޢޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސް ޞޯލިހަކީ މީގެ ކުރިން ސަޢުދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ޚާއްޞަކޮށް ކުރީ ސަރުކާރުން ސަޢުދީއާއި އޮތް ގާތް ގުޅުމަށް އެމަނިކުފާނު ކުރިން އިދިކޮޅުގައި ހުންނަވައިގެން ފާޑުވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button