ފުރަތަމަ ކުއާޓާގައި ރާއްޖެ އައި ފަތުރުވެެރިންގެ އަދަދު ދަށަށް
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވެއްޖެއެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ އެންމެ 12 މީހުންނެވެ. އެކަމަކު މިދިޔަ އަހަރު ކަނޑުމަގުން 9،913 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ 99.9 އިންސައްތައިގެ ދަށްވުމެކެވެ.
ކަނޑުމަގުން އައި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ކަމުގައި ވީނަމަވެސް ވައިގެ މަގުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި 389،770 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަގައި ވައިގެ މަގުން އައީ 382،775 ފަތުރުވެރިންނެވެ. އެހެން ކަމުން މިއީ 1.8 އިންސައްތައިގެ އިތުރުވުމެވެކެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައި ވާ ފަތުރުވެރިކަމަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.