ހާރިޖީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އާދޭސް ކުރައްވައިގެން ސްޓޭޓް މިނިސްޓަރު ކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު އަނިޔާވެެރިވީމަތޯ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ދުންޔާ މައުމޫން އާއި ސުވާލު ކުރައްވައިފިއެވެ.
އަބްދުއްރަހީމް މިފަދަ ސުވާލެއް އުފެއްދެވީ ރައީސް ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައިގެ ސަރުކާރެއް ކަމަށާއި، ގިނަ ބަޔަކަށް އަނިޔާވެެރިވި ސަރުކާރެއް ކަމަށް ދުންޔާ ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި އާދޭސް ކޮށްކޮށް ވެސް ޕީޕީއެމުން ބަލައި ނުގަތުމުން ގައުމުގެ ޣައްދާރުންނާ އެއްސަފަށް އަރާ ހުންނަވައި، ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުއްވިޔަސް ދުންޔާއަޡަ އެކަމެއް ނުވާނެއެވެ.
ދުންޔާއަށް:އާދޭސްކޮށްކޮށް ވެސް ޕީ.ޕީ.އެމްއިން ބަލައި ނުގަތުމުން ގައުމުގެ ޣައްދާރުންނާ އެއްސަފަށް އަރާހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއްނުވާނެ.ވަޒީރުކަމުން އިސްތިޢުފާދީފަ އާދޭސްކޮށްގެން ސ.މިނިސްޓަރަކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ؟
— Abdul Raheem Abdulla (@Banafsaa) August 3, 2022
ދުންޔާ ރައީސް ޔާމީނަށް ރައްދު ދިނީ، އެކަމަނާ މިހާރު ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމަކީ ޣައްދާރެއް ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ދުންޔާ އަކީ އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ލީޑަރެވެ.
Professor bunyas vageh hama vaanee vagakah!