ޚަބަރުދުނިޔެ

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ވެރިއެއްގެ ދަރި، އަންހެނަކު މަރާލާފި

ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ އަންކިތާ ބަންޑާރީ މަރާލާފައި އޮށްވާ އުއްތަރަކަންދުގެ ރިޝިކޭޝް ޓައުންއިން ފެނިއްޖެއެެވެ.

އުއްތަރަކަންދު ސްޓޭޓްގެ ޗީފް މިނިސްޓަރު ޕުޝްކަރް ސިންގް ދަމީ ވަނީ މި މައްސަލަ ޕްރޮންޓޯ އުސޫލުން ތަހުގީގުކޮށް އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ކަމާ ބެހޭ އޮފިޝަލުންނަށް އަންގަވާފަ އެވެ. މި މައްސަލާގައި މިހާރު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

އަންކިތާ މަރާލާފައިވަނީ ޖިންސީ އެދުންތަކަށް، ރިސޯޓުގެ ވެރިފަރާތުގެ ޑިމާންޑް ތަކަށް ފުރަގަސް ދިނުމުން ކަމަށެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ޕާޓީއަށް އުއްތަރަކަންދު ސްޓޭޓް ސަރުކާރުގައި ވަޒީރެއްގެ މަގާމު ފުރުއްވި ވިނޯދް އާރްޔާގެ ދަރިކަލުން ޕުލްކިތު އާރްޔާގެ ހިއްސާ އޮންނަ ރިސޯޓެއްގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް އޭނާ ކުރެއްވި އެވެ. ފުލުހުން ވަނީ ތުހުމަތު ކުރެވޭ ތިން މީހުން އެ އަންހެން ކުއްޖާ މަރާލުމަށްފަހު ރިޝިކޭޝް ޗިލާ ބެރޭޖްގައި އޭނާ އެއްލާލާފައި ކަމަށް ތުހުމަތުކޮށްފަ އެވެ. އަންހެން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ފަހުން ވަނީ ހޯދާފަ އެވެ.

އޭނާގެ އަނިޔާވެރި މަރާއެކު އަންކިތާއަށް އެއްބައިވަންތަކަމާއި ހިތާމައިގެ ބޮޑު ކޯޅުންގަނޑެއް ވަނީ ފެށިފަ އެވެ. އެގޮތުން، ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ޕުލްކިތު އާރްޔާ އާއި ރިސޯޓް މެނޭޖަރެއްގެ އިތުރުން އެސިސްޓެންޓް މެނޭޖަރެކެވެ. މި މިހުން ހައްޔަރު ކޮށްފައިވަނީ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ބީޖޭޕީގެ ލޯކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި ވިނޯދް އާރްޔާ ޕާޓީން ބޭރުކޮށްލީ އޭނާގެ ދަރިފުޅު ހައްޔަރުކުރުމަށް ފަހު ހޮނިހިރު ދުވަހު އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button