ވެކްސިން ޖެހުމަށް ގްރޭޓާރ މާލޭގެ 3 ސަރަހައްދެއް ހާއްސަކުރެވިފައި
ސިނޮފާމް ވެކްސިން ޖެހުމަށް ގްރޭޓާ މާލޭގެ 3 ސަރަހައްދެއް ހަމަޖައްސައިފިއެވެ. ވެކްސިން ޖެހުމަށް ހަމަޖައްސައިފައި ވަނީ ނޭޝަނަލް އާޓް ގެލަރީ، ވިލިމާލެ ޔޫތް ސެންޓަރ އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ.
މި ސެންޓަރުތަކުން ވެކްސިން ޖަހައިދޭނީ ހެނދުނު 09:00 އަކުން 11:00 އަށެވެ. ވެކްސިން މަރުކަޒުތަކަށް ދިއުމަށް ފުލުހުންގެ ހުއްދަ ބޭނުންވާނެއެވެ. މިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަ ކޮށްފައިވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.
Tomorrow (26th June) the following vaccination centers will be administering the FIRST and SECOND doses of the SINOPHARM vaccine.
Get a police permit through https://t.co/4zAEm3cI50 before going to a vaccination center. pic.twitter.com/J168SbTqrd
— Health Protection Agency (@HPA_MV) June 25, 2021
މި މަރުކަޒުތަކުން ފުރަތަމަ އަދި ދެވަނަ ޑޯޒް ޖަހައިދޭނެއެވެ. ފުރަތަމަ ޑޯޒް ޖަހައިދޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ދެވަނަ ޑޯޒް ޖަހައިދޭނީ ފުރަތަމަ ޑޯޒް ޖެހިތާ 3 ހަފްތާ ވެފައިވާނަމައެވެ.