
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެވިއްޖެ ނަަމަ 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އެޕާޓީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގެ ތާރީހް ކަނޑައަޅުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ އެޕާޓީގެ ކޮންގްރެސްގައެވެ.
ނާޒިމް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ކަމަށް އެޕާޓީން ވަނީ ކަނޑައަޅާފައެވެ. އަދި އެމްޑީއޭގެ ލީޑަރު، އަހްމަދު ސިޔާމް ވެސް ވަނީ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.
ދަހި ސައުދާގަރު ހެދިގެން ކިހިނެއްވެރިކަން ކުރާނީ
Naazimu riyaasee reyhugai vaadhanukoh konmeves bayakubaahvaa masreyhehgai vaadhakurandhey