
އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށް ރަށުގައި ވިއްކުމަށް އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އެސްޓީއޯއިން މި ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ. އެފަހަރު އެ ފުރުސަތު ހުޅުވާލީ އެންމެ 11 އަތޮޅަށެވެ. ފޯމު ހުށައެޅި 22 ފަރާތަކަށް ވަނީ މީގެ ކުރިން އެޖެންޓުކަން ދިީފައެވެ. އެސްޓީއޯއިން އަލުން މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކުން އެކުންފުނީގެ ކޮންސްޓްރަކްޝަން ސާމާނުތައް އަތް ފޯރާ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މި ފުރުސަތުގެ ދަށުން އަންނަ މަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. މިކަމަށް އެދޭ ފޯމް އެސްޓީއޯ ވެބްސައިޓުން ލިބޭނެ އެވެ.
އެޖެންޓު ކަމަށް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި އާންމުންނަށް ބޮޑެތި ލުއިފަސޭތަކެއް ވެސް ލިބިގެންދާނެއެވެ.