ޔޯގާ އަކީ ޝިރުކެއް ކަން ދަންނަބޭކަލުންގެ މެދުގައި އިއްތިފާގުވެވިފައި ނުވާކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދައްޗެވެ.
Yoga akee shirukeh kan dhannabeykalunge ijmau eh neh. Vaki baehge falsafaa akee Islam dheenuge hukumeh kamah balaiganan dhathi.
— Mohamed Nasheed (@MohamedNasheed) July 26, 2022
ޔޯގާ އަކީ ޝިރުކެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން އަންނައިރު އެއީ ހުރިހާ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެވިފައި ނުވާ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.